ދިވެހިރާއްޖެ
ތުޅާދޫގައި މިހާރު މީހުން ދިރިއުޅޭ ސަރަޙައްދުގެ ވަށައިގެންވާ ބޮޑުމަގު "އަންނި މަގު" ގައި ބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު IUL)321/321/2015/41)ފ(06 މޭ 2015) އިޢުލާނަށް ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ 02 ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 33 ބައްތި ދަނޑި (ސިންގަލް އާރމް) އޮކްޓަގޯނަލް (އައްއަރި) ޕޯލް ނޯމިނަލް މައުންޓިނގ ހެއިޓް (06 މީޓަރ)
- 33 ސްޓްރީޓް ލައިޓް (ހޯމް ވައިޓް ޕްލޮރިސެންޓް 3000 ކެލްކިން ވެދަރ ޕްރޫޕް، ވޯޓަރ ޕްރޫފް) ޕޮލިކާބޮނޭޓް ނުވަތަ ޕީ. ވީ. ސީ ހައުސިން
- 1000 މީޓަރ ކޭބަލް (2.5 ސްކެއަރ އެމް. އެމް ކޮޕަރ) ޑަބަލް އިންސްލޭޓް (މެލޭޝިއާ، ސިންގަޕޫރު ނުވަތަ ޖަޕާނު) CU/PVC/PVC
- 16 ޑިސްޓްރިބިއުޝަން ފޮށި (500x600x200 މިލިމީޓަރ) GRP ވެދަރ ޕްރޫޕް ވޯޓަރ ޕްރޫފް (ބެކް ޕްލެޓާ، ޑިންރެއިލާއެކު)
- 16 މީޓަރ އޮސާކީޖަޕާން (ސިންގަލްފޭސް) 05 އެމްޕިޔަރުން ފެށޭ
- 16 އީ. އެލް. ސީ. ބީ 40 އެމްޕިޔަރުގެ 02 ޕޯލް (0.03 amps ހެގަރ/ އޭ. ބީ. ބީ/ ކުލިޕްސަލް)
- 16 އެމް. ސީ. ބީ 32 އެމްޕިޔަރު (ސިންގަލްޕޯލް ހެގަރ/ އޭ. ބީ. ބީ./ ކުލިޕްސަލް)
- 16 ސަރކިޓް 16 އެމްޕިޔަރ (ސިންގަލްޕޯލް ހެގަރ/ އޭ. ބީ. ބީ./ ކުލިޕްސަލް)
- 33 ސަރކިޓް 06 އެމްޕޔަރ (ސިންގަލްޕޯލް ހެގަރ/ އޭ. ބީ. ބީ./ ކުލިޕްސަލް)
- 33 ކަނެކްޓަރ 2.5 ގެ
- 7029 ގެ ވައިނަރު ނަރު (02 ރޯލް)
- 16 ޓައިމަރ (24 އަވަރޒް) (ސިންގަލްޕޯލް ހެގަރ/ އޭ. ބީ. ބީ./ ކުލިޕްސަލް)
- 16 ކޮންޓެކްޓަރ 40 އެމްޕިޔަރ (ދެޕޯލް ހެގަރ/ އޭ. ބީ. ބީ./ ކުލިޕްސަލް)
- 12 މީޓަރ އިންސިލޭޓެޑް ޕްރޮންގ ބަސްބަރ
- 10 މީޓަރ ފްލެކްސިބްލް ކޭބަލް 16 ސްކެއަރ އެމް. އެމް
- 132 ލެވެލް ނަޓް (އެސް.އެސް)
- 132 ލޮކް ނަޓް (އެސް.އެސް)
- 132 ޖޭ ބޯލްޓް (އެސް.އެސް)
- 264 ވަސަރު (އެސް.އެސް)
- ޕޮއިންޓް ދެވޭނެ އުސޫލު
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75% |
- މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ. |
(Benchmark price/submitted price) x Allocated Percentage |
މުއްދަތު |
20% |
- މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ. |
(Submitted Year of Experience/Bench mark year) x Allocated Percentage |
ތަޖުރިބާ |
5% |
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ. |
(Profile marks /Bench mark profile marks) x Allocated Percentage |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ފޮނުވާ ފަރާތްތަކަށް މަޢުލޫމާތު ދެވޭނީ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ލިޔުމެއް ހުށަހެޅުއްވުމުންނެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިކައުންސިލްގެ މީޓިންގރޫމުގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
23 ޝަޢުބާން 1436