ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)IM-B/1/2015/17
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި:
17 ޖޫން 2015 11:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
60 ޕްލާސްޓިކް ގޮނޑި ގަންނަން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލަށް 60 ޕްލާސްޓިކް ގޮނޑި ގަންނަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު: IUL)IM/1/2015/14) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2015 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
11 ޖޫން 2015