ދިވެހިރާއްޖެ
ނަންބަރ : MGPL-I/PD/2024/17
އިޢުލާން
މޯލްޑިވްގޭސް ޕްރައިވެޓް ލިމިޓެޑްއަށް ރިސީވަބަލް ފެކްޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް |
25 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވާ |
ސުވާލުތަކަށް ޖަވާބު ދިނުމަށް |
މޯލްޑިވްގޭސް އިން އީމެއިލް މެދުވެރިކޮށް އީމެއިލްތަކަށް ޖަވާބު ފޮނުވާނީ 26 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިންނެވެ. |
އަންދާސީ ހިސާބު ހުށަހެޅުމަށް |
30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް ބީލަން ފޮނުވާނީ [email protected] އީމެއިލް މެދުވެރިކޮށެވެ. |
ނޯޓް:
- 22 ސެޕްޓެންބަރު 2024، 17:00 އިން ފެށިގެން މި އީމެއިލް ލޮކް ކުރެވޭނެއެވެ. އަދި މި އީމެއިލް ހުޅުވޭނީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
22 ސެޕްޓެންބަރ 2024
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު