ބީލަން
ނަންބަރު: MWSC-L/3/ADV/2024/88
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 25 ސެޕްޓެންބަރު 2024 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ގެ ބިލްޑިންގ ތަކާއި އަދި މިކުންފުނީގެ އެހެނިހެން ސައިޓު ތަކުގައި ގާއިމުކޮށްފައިވާ ފަޔާޕެނަލް އަދި އަލިފާން ނިއްވުމައް ބޭނުންކުރާ ވަސީލަތްތައް ސާރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، އެމް.ޑަބްލިޔު.އެސް.ސީ ގެ ބިލްޑިންގ ތަކާއި އަދި މިކުންފުނީގެ އެހެނިހެން ސައިޓު ތަކުގައި ގާއިމުކޮށްފައިވާ ފަޔާޕެނަލް އަދި އަލިފާން ނިއްވުމައް ބޭނުންކުރާ ވަސީލަތްތައް ސާރވިސްކޮށް ބަލަހައްޓާދޭނެ  ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.
  • އެމް.އެން.ޑީ.އެފް ފަޔާ ސޭފްޓީ ޕާމިޓް.

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން:

26 ސެޕްޓެމްބަރ 2024

03:00

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

އަގު ހުށައެޅުން:

03 އޮކްޓޯބަރ 2024

03:00

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/tenders މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 22 ސެޕްޓެމްބަރ 2024 އިން 25 ސެޕްޓެމްބަރ 2024 އަށެވެ. މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް މިއިއުލާން އާއި އެކު ގެޒެޓްކުރެވިފައި ވާނެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 26 ސެޕްޓެމްބަރ 2024 ގެ ރަސްމީގަޑީގައި އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

22 ސެޕްޓެންބަރު 2024