ކުއްޔަށް ދިނުން
ނަންބަރު: (IUL)383-MS&IM/383/2024/146
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 01 އޮކްޓޫބަރު 2024 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ މަސައްކަތަށް ވަގުތީ ބިން ކުއްޔަށް ދޫކުރުން

މިރަށުގެ ލޭންޑް ޔޫސް ޕްލޭންގެ 17.1 (އައުސަހަރާގެ ގޮތުގައި ކަނޑައަޅާފައިވާ) ސަރަހައްދުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ވަގުތީ ބިންތަކެއް ދޫކުރުމަށް ކައުންސިލުން ބޭނުންވެއެވެ.

މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2024 ސެޕްޓެމްބަރ 23 ވާ ހޯމަ ދުވަހުގެ 09:00 ން ފެށިގެން 2024 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.

މި އިޢުލާނާ ގުޅިގެން ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2024 އޮކްޓޯބަރ 09 ވާ ބުދަ ދުވަހުގެ 13:15ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނީ ޝަހުސެއްނަމަ ރަޖިސްޓްރީ ނުވަތަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. ހުށަހަޅާ ބީލަން ފޯމްތައް އިވެލުއޭޓް ކުރެވޭނީ ކޮންމެ ބިމެއް ވަކިންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

22 ސެޕްޓެންބަރު 2024