ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2024/78
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި:
15 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން އިސްނަގައިގެން ގއ، ގދ، ސ އަދި ޏ އަތޮޅަށް ހުޅުވާލައިގެން 20 ނޮވެމަބަރ 2024 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ރާވެރިޔާ ވޮލީ މުބާރާތް 2024" އަށް ސްޕޮންސަރޝިފަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން ތިރީގައިވާ ކެޓެގެރީތަކަށް ސްޕޮންސަރ ކުރުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސްޕޮންސަރ ދިނުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު [email protected] މެއިލް އަށް މެއިލް ކުރެއވުން ނުވަތަ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ސްޕޮންސަރ ކުރުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނޭ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް (9114482) ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ސްޕޮންސަރ ކެޓަގަރީތަށް:
|
ޕްލެޓިނަމް ޕްލަސް
|
- 20،000ރ އިން މަތިން ހުށައަޅާ ފަރާތްތަށް (މެއިން ސްޕޮންސަރ)
- ބެކްޑްރޮޕް އަދި އިތުރު ކެންވާސްތަކުގައި އަދި މުބާރާތު ކޮމެޓީ ޓީޝާޓުތަކުގައި ނަން/ލޯގޯ ހިމެނުން.
- ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
- މުބާރާތް ކުރިއަށްދާ ވަގުތު ނަން ފާހަގަކުރުން.
- ހަނދާނީ ފިލާ.
|
ޕްލެޓިނަމް
|
- 10،000ރ އިން މަތިން ހުށައަޅާ ފަރާތްތަށް (ކޯ ސްޕޮންސަރ)
- ބެކްޑްރޮޕް އަދި އިތުރު ކެންވާސްތަކުގައި ނަން/ލޯގޯ ހިމެނުން.
- ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
- މުބާރާތް ކުރިއަށްދާ ވަގުތު ނަން ފާހަގަކުރުން.
- ހަނދާނީ ފިލާ.
|
ގޯލްޑް
|
- 1500ރ އާއި 2999ރ އާއި ދެމެދު އަދަދަކުން ހުށައަޅާ ފަރާތްތަށް.
- ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
- މުބާރާތް ކުރިއަށްދާ ވަގުތު ނަން ފާހަގަކުރުން.
- ހަނދާނީ ލިޔުން.
|
ސިލްވަރ
|
- 1000ރ އާއި 1499ރ އާއި ދެމެދުގެ އަދަދަކުން ހުށަހަޅާ ފަރާތްތަށް.
- ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
- ހަނދާނީ ލިޔުން.
|
ބްރޮންޒް
|
- 500ރ އާއި 999ރ އާއި ދެމެދުގެ އަދަދަކުން ހުށަހަޅާ ފަރާތްތަށް
- ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ނަން/ލޯގޯ ހިމެނުން.
|
މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.