ބީލަން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި:
30 ސެޕްޓެންބަރު 2024 11:00
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލުގެ ވަށާފާރު މަރާމާތުކޮށް ކުލަލުމަށް އަލުން އިޢުލާން ކުރުން
ނަންބަރު: GS209/IUL/2024/17
އިޢުލާނު
ސްކޫލުގެ ވަށާފާރު މަރާމާތުކޮށް ކުލަލުމަށް އަލުން އިޢުލާން ކުރުން
މި ސްކޫލުން 2024 އޮގަސްޓް 05 ގައި ކުރެވުނު އިޢުލާން ނަންބަރު GS209/IUL/2024/12 ގައިވާ މަޢުލޫމާތު ޝީޓަށް ބަދަލުގެންނަން ޖެހޭތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
- މި ސްކޫލުގެ ވަށާފާރު މަރާމާތުކޮށް ކުލަލަލައި ގޭޓު ހަރުކުރުމަށް ބޭނުންވެއެވެ. ވީމާ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ސެޕްޓެމްބަރ 22 ން 2024 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/hJSeELqyuyp9YuVp9
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 10:00ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ އިތުރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލުގެ އިދާރާގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 11:00 ގައި ފިޔޯރީ ސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފިޔޯރީ ސްކޫލް
ގދ.ފިޔޯރީ، ދިވެހިރާއްޖެ.
ފޯން: 7983086 / 9718058
އީ-މެއިލް: admin@fiyoareeschool.edu.mv
22 ސެޕްޓެންބަރު 2024