ނީލަން
ނަންބަރު: (IUL)7-ADMN/1/2024/79
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 01 އޮކްޓޫބަރު 2024 10:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

ގިނަދުވަސްވެފައިވާ ހަރުމުދާ ނީލަން ކިޔުމާގުޅޭ

މި އޮފީހުގައި ހުރި ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމަށް ނަންބަރ (IUL)7-ADMN/1/2024/76 (11 ސެޕްޓެންބަރު 2024) އިޢުލާންކޮށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ،  ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މައުލޫމާތާއި އިތުރު ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 1 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް  (ބިއްލޫރިޖެހިގެއަށް ) ވަޑައިގެންދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ތަކެތި ނައްތާލެވޭނެއެވެ.

22 ސެޕްޓެންބަރު 2024