ކުއްޔަށް ދިނުން
ނަންބަރު: (IUL)417-CA/417/2024/160
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 10 އޮކްޓޫބަރު 2024 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫގައި ސްލިޕްވޭ އެއް ހެދުމަށް ބިން ދޫކުރުން

މިރަށުގައި ސްލިޕްވޭ އެއް ހެދުމަށް ކުއްޔަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2024 އޮކްޓޯބަރ 10 ވަނަ ދުވަހުގެ  13:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. އަދި އޮންލައިކޮށް ފައިސާ ދައްކައިގެން ފޯމް ބައްލަވައި ގަނެވޭނެއެވެ. ފޯމެއްގެ އަގަކީ -/3000ރ (ތިންހާސް ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރ 22 ވަނަ ދުވަހުން ފެށިގެން 2024 އޮކްޓޯބަރ 09 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް ފައިސާދެއްކި ސްލިޕް ފޮނުވުމުން މެއިލް މެދުވެރިކޮށް ފޯމް ފޮނުވޭނެއެވެ. ބިން ކުއްޔަށް ނަގާފަރާތަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ބިޑްފޯމް އާއިއެކު ބިޑް ފޯމް ބައްލަވައިގަންނަ ފަރާތަށް ދޫކުރެވޭނެއެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ބިމެވެ.

67.3.1.6 (ބިމުގެ ބޮޑުމިން 100000 އަކަފޫޓް250’x400’ )

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީއާއި ޓެކްސް ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި/ އަމިއްލަ ފަރުދަކު ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ސެޕްޓެންބަރު 2024