ކުއްޔަށް ދިނުން
ނަންބަރު: (IUL)326/PRIV/2024/18
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 03 އޮކްޓޫބަރު 2024 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ހިންނަވަރު އަލަށް ހިއްކި ބިމުގެ ދެކުނު ކޮޅުގައި މިހާރު ކުނިކޮށި ހުރި ސަރަޙައްދުގެ އުތުރުން ރިވެޓްމެންޓާއި ދެމެދު އޮތް ސަރަޙައްދުން ހެދިކާހެދުމަށާއި މަސްކެއްކުންފަދަ ކުދި ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ބެހޭ

އިޢުލާން

ޅ. ހިންނަވަރު އަލަށް ހިއްކި ބިމުގެ ދެކުނު ކޮޅުގައި މިހާރު ކުނިކޮށި ހުރި ސަރަޙައްދުގެ އުތުރުން ރިވެޓްމެންޓާއި ދެމެދު އޮތް ސަރަޙައްދުން ހެދިކާހެދުމަށާއި މަސްކެއްކުންފަދަ ކުދި ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް       26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 03 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  •  ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

22 ސެޕްޓެންބަރު 2024