ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/141/2024/027
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:51
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
9 ވަނަ އިންޓަރ އޮފީސް ، ކޮމްޕެނީ އެންޑް ރިސޯޓް ޓޭބަލް ޓެނިސް ޓޯނަމަންޓް 2024

އޮފީސް، ކުންފުނި އަދި ރިސޯޓް ތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ޤަޞްދު ކޮށްފައިވާ 9 ވަނަ އިންޓަރ އޮފީސް ، ކުންފުނި އަދި ރިސޯޓް ޓޭބަލް ޓެނިސް މުބާރާތް 04 ނޮވެމްބަރ 2024 ން 10 ނޮވެމްބަރ 2024 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުބާރަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ :

  • ފިރިހެން ޑިވިޝަން ޓީމް އިވެންޓް
  • އަންހެން ޑިވިޝަން ޓީމް އިވެންޓް

ވީމާ މިމުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި އޮފީސް، ކުންފުނި އަދި ރިސޯޓް ތަކުން އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް  10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

އަދި، 22 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ.

އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2024