ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)332-ADHR/332/2024/102
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 30 ސެޕްޓެންބަރު 2024 12:30
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ދިއްފުށީ ބޭރުފަސްގަނޑު ވަށައިގެން ދިއްލާ އަލިކުރުމުގެ މަސައްކަތުގެ ދަށުން އެކަމަށް ހޮޅިދަނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ކ.ދިއްފުށީ ބޭރުފަސްގަނޑު ވަށައިގެން ދިއްލާ އަލިކުރުމުގެ މަސައްކަތުގެ ދަށުން އެކަމަށް ހޮޅިގަނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  2. މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރި ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ އެންމެހާ ވިޔަފާރިތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 22 ސެޕްޓެމްބަރ 2024 އިން 26 ސެޕްޓެމްބަރ 2024 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް 22 ސެޕްޓެމްބަރ 2024 އިން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 ސެޕްޓެމްބަރ 2024ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  6. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 12:30ގައި  މި އިދާރާގެ މީޓިންގ ހޯލްގައެވެ.
  7.  އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

19 ސެޕްޓެންބަރު 2024