އޮފީސް:
|
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
|
ދާއިރާ:
|
Name of the Course: Bachelor of Health Services Management
Subject Name: Health Care Systems and Delivery
Subject Code: PUB301
Subject Section: FO1
Contact Hours: 40
Department: DPH
Campus: Male'
|
ޝަރުތުތައް:
|
1. ޕާރޓް ޓައިމް ލެކްޗަރަރ
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
2. ޕާރޓް ޓައިމް އެސޯސިއޭޓް ލެކްޗަރަރ
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
|
3. ޕާރޓް ޓައިމް ސީނިއަރ ޓިއުޓަރ
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ޢުޖޫރަ:
|
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ
- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ
- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ
މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
1.ކިޔަވާދިނުމާ ގުޅޭ މަސައްކަތް.
- ޓައިމްޓޭބަލް ކުރެވިފައިވާ މިންވަރަށް ގަޑިތައް ނަގައިދިނުން.
- ކްލާހުގެ ހާޒިރީ ބަރާބަރަށް ( ކޮންމެ ގަޑިއަކަށް) މާރކްކޮށް ލިޔުމާއެކު އެދުވަހެއްގެ ތާރިހު ޖަހާ ފުރިހަމަކުރުން.
- މުޤައްރަރުގައި ކަނޑައަޅާފައިވާ ބައިތަށް ކޯސް ކޯޑިނޭޓަރުގެ މަޝްވަރާގެ މަތިން ކިޔަވައިދިނުން.
2.ބްލެންޑެޑް މޯޑަށް ކުރިއަށް ގެންދާ ކޯސްތަކުގައި އޮންލައިން ސަޕޯރޓް ދިނުން.
- ކޮންމެ ހަފްތާއަކު ދަރިވަރުން އޮންލައިންކޮށް ކުރާ މަސައްކަތްތައް، އޮންލައިން ޓިއުޓޯރިއަލްތަކަށް ލަސްވެގެން 1 ހަފްތާ (7 ދުވަސް) ތެރޭގައި ފީޑްބެކް ދިނުން.
- ދަރިވަރުން މޫޑުލް ގައި ކުރާ މަސައްކަތްތައް ގަވާއިދުން މޮނީޓަރކުރުން.
- ދަރިވަރުން މޫޑުލް އަށް އަޕްލޯރޑްކުރާ އެސައިންމަންޓަތައް މާކުކޮށް ފީޑްބެކް ދިނުން.
3.އޮންލައިން ސިސްޓަމްތައް ބޭނުންކުރުން.
- ދަރިވަރުންނަށް ފޭސްޓް ފޭސް އަދި ބްލެންޑެޑް ކުލާސްތަކުގައި ޤަވާއިދުން މޫޑުލް ބޭނުންކުރުން. އެގޮތުން ދަރިވަރުންނަށް ހަވާލުކުރެވޭ ޓިއުޓޯރިއަލް، ސަބްޖެކްޓް އައުޓްލައިން،އެސެސްމަންޓްގެ ތާވަލްތައް މޫޑުލް ޕޭޖުގައި ހިމަނާފައި ހުންނަވާނެއެވެ.
- ހާޟިރީ ފައިލުގައި ދަރިވަރުންގެ ހާޟިރީ މާކުކުރުމުގެ އިތުރުން ސެލްފް ސަރވިސް ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ހާޟިރީ މާކުކުރުން.
4.ފެންވަރު ވަޒަންކުރުން.
- މުޤައްރަރުގައިވާ ގޮތުގެ މަތިން އިމްތިހާނު ކަރުދާސް ތައްޔާރުކުރުމާއި އިމްތިހާނު ކަރުދާސް އަދި އެސައިންމެންޓްތައް އެތަކެތި މާރކްކޮށް ކަނޑައެޅިފައިވާ ތާރީޚަށް ކޯސް ކޯޑިނޭޓަރަށް ހުށަހެޅުން. އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
- ކިޔަވައިދެއްވާ ދަރިވަރުންގެ ތެރެއިން ރީސިޓް އަދި ރީ އެގްޒާމް ހަދަންޖެހޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-PTL-T2-2024-46
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމުތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާއާއި ހަޔަރ އެޑިއުކޭޝަންގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މާލެއިން އެހެން ރަށްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުލާސްތައް އޮންނާނީ ބުލެންޑެޑް މޯޑަށެވެ. އެއީ ފޭސްޓްފޭސް މޯޑުގެ އިތުރުން އޮންލައިން ކޮމްޕޯނަންޓެއް ހިމެނިގެންނެވެ. ކޮންމެ މާއްދާއަކަށް މަދުވެގެން 3 ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
- މާލެއިން ނޫނީ އެހެން ރަށަކުން ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ދެކޮޅު ޓިކެޓު، ހުރުން އަދި ކެއުން ޔުނިވަރސިޓީއިން ހަމަޖައްސައިދޭނެއެވެ.
- ކުލާސްތައް އޮންނާނީ 2024 އަހަރުގެ އޮގަސްޓު މަހުން ފެށިގެން ނޮވެންބަރު މަހަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345138 ނަންބަރު ފޯނަށެވެ.
|