މަސައްކަތް
ނަންބަރު: (IUL)147-AIT/1/2015/6
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 19:13
ސުންގަޑި: 17 ޖޫން 2015 15:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނުން ބޭނުންވެއްޖެ

ތަރުޖަމާނުން ބޭނުންވެއްޖެ

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން، ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނުން ހޯދަން ބޭނުންވެއެވެ.

ހިންދީ، އުރުދޫ، މަލިޔާޅަމް، ތަމަޅަ، ބަންގާޅުބަސް، އިނގިރޭސިބަސް، ޗައިނާބަސް، ޖަޕާނުބަސް، މަންމަންބަސް

ފެންވަރު ނުވަތަ ޝަރުޠު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ވާހަކަދައްކާ އަދި އެބަސްބަހުން ލިޔެފައިވާ ތަކެތި ކިޔަން ދަތުމާއެކު، އެ ބަސްބަހުން ދައްކާ ވާހަކަތައް ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި އަދި ދިވެހިބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ތަރުޖަމާކުރުމުގެ ޤާބިލުކަން ހުރުމާއި އެކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

އުޖޫރަ: ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)

ހުށަހަޅަންޖެހޭ ތަކެތި:

  • އެދޭ ސިޓީ
  • ޕާސްޕޯޓު / އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓު ކުރެވިފައިވާ)
  • ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓު ކުރެވިފައިވާ)
  • ވަނަވަރު (ސީވީ)

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށްޓަކައި، 17 ޖޫން 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

16 ޝަޢުބާން 1436

03 ޖޫން 2015