ނީލަން
ނަންބަރު: (IUL)201-A/1/2024/24
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 29 ސެޕްޓެންބަރު 2024 10:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް

                                  އިޢުލާން

 

މި އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް

             

                  މި އޮތޯރިޓީގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް ކުރެވުނު ނަންބަރު (IUL)201-A/1/2024/23 (10 ސެޕްޓެމްބަރ 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ ތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާން ކުރަމެވެ.

                މި އޮތޯރިޓީގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި "ދުވަހު ނީލަމުގައި" ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ނީލަން ކިޔާނީ ހާޒިރުވާ ފަރާތްތަކުގެ ކުރިމަތީގައި އަނގަ ބަހުންނެވެ. އަދި ނީލަމަށް އަގު އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްސީލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

                 ވީމާ، މި ދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ށް މި އޮތޯރިޓީއަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަން ކިޔާ ތަކެތި ދައްކާލުން އޮންނާނީ 22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި އޮތޯރިޓީގައެވެ. އަދި މި ތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްވާނެއެވެ.

                 އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯން ނަންބަރު: 3027200 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ އޮތޯރިޓީގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

                           

                                        16 ރަބީޢުލް އައްވަލް 1446

                                        19 ސެޕްޓެމްބަރ 2024

19 ސެޕްޓެންބަރު 2024