ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/144
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 19:02
ސުންގަޑި: 23 ޖޫން 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

މަސައްކަތު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް. އެސް 1

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ: -/3,100 ރުފިޔާ، ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ބ. އޭދަފުށި/ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް

ބޭނުންވާ އަދަދު

01

ޝަރުޠު

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސެކްޝަންތަކާއި ހަވާލުކުރަންޖެހޭ ލިޔެކިއުންތައް ހަވާލުކުރުން.
  • އޮފީސް އިމާރާތާއި ފަރުނީޗަރ އަދި ހިފާ ގެންގުޅެ ތަކެތި ފޮޅާސާފުކުރުން.
  • އެކިއެކި ބޭނުންތަކަށް އޮފީހަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ހާޒިރުވުމަށް އެންގުން.
  • މިނިސްޓްރީން ގުދަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި ގުދަނުން މިނިސްޓްރީއަށް ގެންނަޖެހޭ ތަކެތި ގެނައުން. 
  • ތަނުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާތެރެއާއި ފާޚާނާގެ ސަރަހައްދު މޮޕްލައި ސާފުކުރުމާއި ފާޚާނާއަށް ބޭނުންވާ ސައިބޯނި، ޓޮއިލެޓް ޕޭޕަރ ބެހެއްޓުން.                           
  • އިމާރާތްތަކުގެ ފުލޯތައް ކަހާ މޮޕްލައި ސާފުކުރުން.       
  • ކާޕެޓް، ޑޯމެޓްތައް ސާފުކޮށް އަދި ކުނިތައް އުކާލުން.
  • ދޮރާއި ކުޑަދޮރުތަކުގެ ބިއްލޫރިތައް ސާފުކުރުން.
  • ހަނިފަރުގައި މަސައްކަތް ކުރުން.
  • އޮފީސް ދަތުރުތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން.
  • އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައި ވުން.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މާޅޮސް މަޑުލު ދެކުނުބުރީ ބަޔޮސް ފިޔަރ ރިޒާވް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މާޅޮސް މަޑުލު ދެކުނުބުރީ ބަޔޮސް ފިޔަރ ރިޒާވް އޮފީހަށް
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 23 ޖޫން 2015 އާއި 30 ޖުލައި 2015 އާ ދޭތެރޭގައި މާޅޮސް މަޑުލު ދެކުނުބުރީ ބަޔޮސް ފިޔަރ ރިޒާވް  އޮފީހުގައި އޮންނާނެއެވެ.

24 ޝަޢުބާން 1436

11 ޖޫން 2015