ދިވެހިރާއްޖެ
މިއިދާރާއިން ފޯރުކޮށްދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކްލެޑިންގ ބޯޑުތަކެއް ހަދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބޯޑުތަކުގެ ނަމޫނާ އިއުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2024ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
- ބޯޑުގެ ލިޔެފައި ހުންނަބައި ހަދަންވާނީ 4 އެމްއެމް ބޯމިނުގެ ކްލެޑިންގ ޝީޓަށް ޕްރިންޓް ކޮށްގެންނެވެ. (ލިޔުންކޮޅު ހުންނަންވާނީ ހުދުކުލައިންނެވެ. ބެކްގްރައުންޑް ހުންނަންވާނީ ކަޅުކުލައިންނެވެ.)
- ބޯޑުތަކުގެ ސައިޒު ހުންނަންވާނީ 2ފޫޓް ފުޅާ 4ފޫޓް ދިގުމިނުގައެވެ.
- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހަޅަން ވާނެއެވެ.
- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރަންވާނެއެވެ.
- އަގު ހުށައަޅަންވާނީ ކައުންސިލް އިދާރާއާ ހަމައަށް ތަކެތި ފޯރުކޮށްދިނުމުގެ އަގެވެ.
- ބީލަން ހުށަހަޅާ ފޯމު )އަންދާސީ ހިސާބު/ކޯޓޭޝަން( ހުށަހަޅަންވާނެއެވެ.
- ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން
- ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
- ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
- ފޯން: 6520042
- އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.