ދިވެހިރާއްޖެ
މި ކުންފުނީގެ ލޯކަލް ހާބަރ ތަކުގައި އެކުލަވާލެވިފައިވާ ސްލޮޓް ތަކުގައި އިޝްތިހާރުކުރާ ބިލްބޯޑް ހަރުކުރުމަށް ކުއްޔައް ހިފާނެ ފަރާތްތަކެއް ހޯދުމަށް ކޮއްފައިވާ އިޢުލާން ނަންބަރު (IUL)113-PD/1/2024/125 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާނު ކުުރީމެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
މައުލޫމާތު ބައްދަލުވުން
|
މައުލޫމާތު ބައްދަލުވުން 29 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހު ގެ 11:00 ޖަހާއިރު އެމްޕީއެލް ގެ ހެޑް އޮފީހުގައި އޮންނާނެއެވެ. (މި ޢިއުލާނާއި އެކު މައުލޫމާތު ޝީޓް، ބިޑް އެޕްލިކޭޝަން ފޯމް އަދި ގައިޑްލައިން ޝީޓް އެކުލަވައިލީމެވެ. އަދި މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
ސައިޓް އިންސްޕެކްޝަން
|
މައުލޫމާތު ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ސައިޓް އިންސްޕެކްޝަން އޮންނަ ތަނާއި ވަގުތު ހިއްސާކުރެވޭނެއެވެ. |
3. |
އަގު ހުށަހެޅުމުގެސުންގަޑި އާއި ހުށަހަޅާނެ ގޮތް |
02 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
4. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް. |
މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039256 އަށެވެ.