ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ސެކްޝަން:
|
ހިޔުމަން ރިސޯސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން
|
ބޭސިކް މުސާރަ:
|
މަހަކު 4،465.00 (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
ސާރވިސް އެލަވަންސް:
|
މަހަކު 1،500.00 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)
|
ލިވިންގ އެލަވަންސް:
|
މަހަކު 3،000.00 (ތިން ހާސް ރުފިޔާ)
|
ޚާއްޞަ އެލަވަންސް:
|
މުސާރައިގެ %45
|
އޯވަރ ޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާގެ ބާވަތް އަދި މުއްދަތު:
|
ކޮންޓްރެކްޓް 1 (އެކެއް) އަހަރު (މުވައްޒަފުގެ ޚިިދުމަތް ކޮމިޝަނަށް އިތުރަށް ބޭނުންވާނަމަ މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ).
|
މަސައްކަތުގެ ވަގުތު:
|
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
- ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
|
އެހެނިހެން ޝަރުޠު:
|
- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.
- ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
ސެކްޝަނުގެ އިދާރީ މަސައްކަތް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.
- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.
- ވަޒީފާގައި އުޅޭނަމަ ނުވަތަ އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.(މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
ނޯޓު
|
މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.
|
ސުންގަޑި:
|
މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2015ވާ އަންގާރަދުވަހުގެ 14:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
- ފޯމު ބަލައިގަތުމަށްފަހު ޞައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާާާޠިލުކުރެވޭނެ އެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސްޑައުންލޯޑް ކުރެވޭނެއެވެ.
|