ދިވެހިރާއްޖެ
މި ސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންގެ ސެކަންޑް ޔުނީފޯމް ތައްޔާރުކޮށް ކުރިއަށް އޮތް 2 އަހަރަށް ފޯރުކޮށްދިނުމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލަށްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި ނަން ނޯޓުކުރުމަށް ސްކޫލް އޮފީހަށް ދުރުވެގެން، އީމެއިލް (([email protected] ގެ ޒަރިއްޔާއިން ނުވަތަ ފޯނު(6580360/9699284) އަށް ގުޅައިގެންވެސް ކުރެވިދާނެއެވެ.
18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުން ފެށިގެން 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 10:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތާރީޚް |
ތަފްޞީލް |
ގަޑި |
ތަން |
29 ސެޕްޓެމްބަރ 2024 (އާދިއްތަ) |
މަޢުލޫމާތު ސާފުކުރުން |
ހެނދުނު 10:30 |
ކިނޮޅަހު ސްކޫލު/ރ.ކިނޮޅަސް |
03 އޮކްޓޯބަރ 2024 (ބުރާސްފަތި) |
އަންދާސީ ހިސާބު ހުށައެޅުން |
ހެނދުނު 10:30 |
ކިނޮޅަހު ސްކޫލު/ރ.ކިނޮޅަސް |
މި ޚިދުމަތަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި 9699284 މި ނަންބަރަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.