ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2024/159
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 20 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވިދާތަރި" ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ސްކޫލް ދަރިވަރުންނާއި ރަށުގެ އެހެނިހެން ޢާންމު ފަރުދުންގެ މެދުގައި މަދަޙަ ކިޔުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން ދީނީ ކަންތައްތަކަށް ދަރިވަރުންނާއި ޢަންމު ފަރާތްތަކުގެ ހިތުގައި ލޯބި ޖެއްސުމާއި، ދިވެހި އަދަބިއްޔާތަށް ރައްޔިތުންގެ ހިތުގައި ލޯބިޖެއްސުމެވެ. އަދި މީގެ އިތުރުން މުބާރާތުގެ ސަބަބުން މުސްތަޤްބަލުގައި ފެންވަރު ރަނގަޅު މަދަޙަ ކިޔުންތެރިން ރަށުގައި އުފެދި، ފަންނުވެރިކަން ތަރައްޤީކުރުމުގެ މަޤްޞަދުގައި ކައުންސިލާއި ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން "ވިދާތަރި" ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތް 2024 މިއަހަރު ނޮވެމްބަރ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ހޯނޑެއްދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށްވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ވަވަކި ހުށަހެޅުންތަކުގެ ބަޔާއި ގްރޫޕް ހުށަހެޅުންތަކުގެ ބައެވެ. މި މުބާރާތުގެ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.

މުބާރާތިގައި ބައިވެރިވާ އުމުރުފުރާތައް

#

ޢުމުރުފުރާތައް

01

7 އަހަރުން ދަށް

02

7 އަހަރުފުރި 9 އަހަރު ނުފުރޭ އުމުރުފުރާ،

03

9 އަހަރުފުރި 12 އަހަރު ނުފުރޭ ޢުމުރުފުރާ،

04

12 އަހަރުފުރި 15 އަހަރު ނުފުރޭ ޢުމުރުފުރާ،

05

15 އަހަރުފުރި 18 އަހަރު ނުފުރޭ ޢުމުރުފުރާ،

06

18 އަހަރުން މަތީ ޢުމުރުފުރާ

ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގދ.ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު 20 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު ޢާންމުކުރީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2024