ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) PSM-FP/PSM/2015/25
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 18:12
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޓްރާންސް މީޓަރތައް ބަލަހައްޓާ ފަރާތެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު

ގދ.ތިނަދޫދައި ހުންނަ މިކޯޕަރޭޝަންގެ މީޑިއާ ސެންޓަރ ގެ ރޭޑިއޯ/ ޓީވީ ޓްރާންސްމިޓިންގތައް ބަލަހައްޓައި ދިނުމުގެ ގޮތުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސްއޫލިއްޔަތު/ ޓްރާންސް މީޓަރތައް ބަލަހައްޓާ ފަރާތްތަކުން ކުރަންޖެހޭ ކަންކަން

 

 

  • ކޮންމެ ދުވަހަކު 2 ފަހަރު (ހެނދުނު،ހަވީރު) ޓްރާންސްމީޓިންގ އިކްވިޕްމެންޓް ރަނގަޅުތޯ ބަލާ ޗެކްކުރަން ޖެހޭނެއެވެ. އަދި ޗެކް ކުރުމަށްފަހު އެދުވަހުގެ ހެނދުނު 9:00 ކުރިން އަދި ހަވީރު 17:30 ގެ ކުރިން ކޮންމެ ދުވަހަކުވެސް ޕީ.އެސް.އެމް ގެ ޓީވީއެމްގެ އިންޖިނިއަރިންގ އަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގަންޖެހޭނެއެވެ.
  • ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގނަގާ ފޯމު ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ހަފުތާއަކު އެއްފަހަރު (ކޮންމެ ބުރާސްފަތި ދުވަހަކު) މިފޯމު ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޕީ.އެސް.އެމް ގެ ޓީވީއެމްގެ އިންޖިނިއަރިންގ އަށް ފޮނުވަން ޖެހޭނެއެވެ.
  • ރަށުގެ ޖަނަރޭޓަރުން ކަރަންޓް ބަދަލުކުރާ ވަގުތުތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައިވޭތޯ ބަލައި ޗެކް ކުރަންޖެހޭނެއެވެ. އޮފް ވެފައިވާނަމަ ޓްރާންސްމީޓަރ އޮންކުރުން، އަދި އިރުއިރުކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ ޕީ.އެސް.އެމް ގެ ޓީވީއެމްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓަށް ލަސްނުކޮށް އަންގަންޖެހޭނެއެވެ.
  • ޓްރާންމިޓަރތައް ބެލެހެއްޓުމާ ޙަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްވިޕްމަންޓެއް ފޮހެ ސާފްކުރަން ޖެހޭނެއެވެ. އަދި ހަޓްގެ އެތެރެ ފޮޅާސާފް ކުރަންޖެހޭނެއެވެ.
  • ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކްކުރަންޖެހޭނެއެވެ.
  • ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމްގެ ސިގްނަލް ރިސީވްވުމަށް ދަތިވާގޮތަށް ހުރި ގަހެއް ހުރިނަމަ ކަނޑާ ސާފްކުރަން ޖެހޭނެއެވެ. އަދި މަހަކު އެއްފަހަރު ޓަވަރުގެ ހާލަތުބަލާ ޗެކްކުރުމަށްފަހު ޕީ.އެސް.އެމް ޓީވީއެމްގެ އިންޖިނިއަރިންގ އަށް ރިޕޯޓު ފޮނުވަން ޖެހޭނެއެވެ.
  • ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުންދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް.އެމް އިންޖިނިއަރިންގ އިން މިކަމާ ހަވާލުވެ ތިބޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. އަދި ޕީ.އެސް.އެމް އިން ކަނޑައަޅާ ގޮތެއްގެ މަތިން ދަބަރުކަހާ ސާފުކޮށް އެތަންތަނުގައި ދަވާދުލާ ބަލަހައްޓަންވާނެއެވެ. މިކަމަށް ބޭނުންވާ ތަކެތި ޕީ.އެސް.އެމް ގެ ޓީވީއެމްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުން މިކަމާ ޙަވާލުވެ ތިބޭ ފަރާތްތަކާ ގުޅައިގެން ހޯދަންވާނެއެވެ.
  • ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ކަރަންޓް މީޓަރގެ ރީޑިންގ ނެގުމަށްފަހު އަތޮޅާއި ރަށް އެނގޭނެ ގޮތަށް ޕީ.އެސް.އެމް ގެ ޓީވީއެމްގެ އިންޖިނިއަރިންގ އަށް އެސް.އެމް.އެސް ޒަރިއްޔާއިން އަންގަންވާނެއެވެ. އަދި ކޮންމެ މަހެއްގެ ކަރަންޓް ބިލް ލިބުމުން ލަސްނުކޮށް ޕީ.އެސް.އެމް ގެ ޓީވީއެމްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓަށް ފެކްސް ކުރަންވާނެއެވެ.
  • ޕީ.އެސް.އެމް ގެ ޓީވީއެމް/ ރޭޑިއޯ ޓްރާންސްމިޓިންގ ތަކުގެ އެއްވެސް އިކްވިޕްމްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަން ޕީ.އެސް.އެމް ގެ އިންޖިނިއަރިންގ ޑިޕާޓްމަންޓް އިން މިކަމާ ހަވާލުވެ ތިބޭ ފަރާތްތަކަށް އެވަގުތު އަންގަންޖެހޭނެއެވެ.
  • ޕީ.އެސް.އެމް ގެ ޓީވީއެމް/ ރޭޑިއޯ ޓްރާންސްމިޓިންގތަކަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަ ކުރެވިއްޖެނަމަ އެންމެ އަވަސް ފުރުސަތެއްގައި ޕީ.އެސް.އެމް ގެ ޓީވީއެމްގެ އިންޖިނިއަރިންގ އިން ޓްރާންސްމިޝަންއާ ހަވާލުވެ ތިބޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ.
  • އެމް.ބީ.ސީގެ ޓްރާންސްމިޓިންގ ސައިޓަކަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގައިފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ. އަދި ޕީ.އެސް.އެމްގެ ޓީވީއެމްގެ އިންޖިނިއަރިންގ އަށް ރިޕޯޓްކުރަންވާނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

ޓެކްނިކަލް ދާއިރާއެއްގައި 1 (އެކެއް) އަހަރު ދުވަހު މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން

ހުށައަޅަންޖެހޭ ލިއުންތައް

  • އައިޑީކާޑު ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މިދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްދޭ ލިއުން
  • ޓްރާންސް މިޓިންގ ބަލަހައްޓައި ދިނުމަށް އެދި ފޮނުވާ ސިޓީ

މާރކްސްދޭނެ މިންގަނޑު

  • މަސައްކަތާ ގުޅޭގޮތުން (މިފަދަމަސަތްކަތެއް ކޮށްފައިވާނަމަ) ލިބިފައިވާ ތަޖުރިބާއަށް: 75 މާރކްސް
  • ތަޢުލީމީ ފެންވަރަށް: 25 މާރކްސް

މަސައްކަތުގެ އުޖޫރަ

ކޮންމެ މަހަކު -/2000 ރުފިޔާ

ކޮންޓަކްޓް ކުރެވޭ މުއްދަތު

2 އަހަރުދުވަސް ( ޕަރފޮމަންސް އަށް ބަލައި، މުއްދަތު އިތުރުކުރަމުންގެންދެވިދާނެއެވެ. )

ސިޓީބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

  • 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.
  • ޕަބްލިކްސާރވީސް މީޑިއާ/ ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ،
  • ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ފޮނުވާނަމަ، ސިޓީއުރައިގެ ބޭރުގައި ''ޓްރާންސްމީޓަރ ބެލެހެއްޓުމަށް އެދި'' ޖަހާފައި ޕީ.އެސް.އެމް ރޭޑިއޯ ބިލްޑިންގ އަށް ފޮނުއްވުން އެދެމެވެ.

އަތޮޅުތެރޭގެ ރަށަކުން މިކަމަށް އެދި ހުށަހަޅާނަމަ ފެކްސް ކޮށްދެއްވުން އެދެމެވެ.

  • ފެކްސް ނަންބަރ: 3317273
  • ގުޅުއްވާނެ ނަންބަރ: 3000290

22 ޝަޢުބާން 1436

09 ޖޫން 2015