މުބާރާތް
ނަންބަރު: (IUL)252/252/2024/97
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:50
ސުންގަޑި: 22 ސެޕްޓެންބަރު 2024 13:30
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފިއްލަދޫ ކައުންސިލް ކަޕް 2024" ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތަށް ރެފްރީންގެ ޓީމެއް ހޯދަން ބޭނުންވެއްޖެ.

ނަމްބަރ:(IUL)252/252/2024/97

 

އިއުލާން

 

"ކައުންސިލް ކަޕް 2024" ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތަށް ރެފްރީންގެ ޓީމެއް ހޯދަން ބޭނުންވެއްޖެ.

                      މި ކައުންސިލްގެ ފަރާތުން އިންތިޒާމްކުރާ "ފިއްލަދޫ ކައުންސިލް ކަޕް 2024" ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ރެފްރީކަން ކޮށްދޭނެ ރެފްރީންގެ ޓީމެއް ހޯދަން ބޭނުންވެއްޖެ.

                 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވައި، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށައެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

 

                 ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ބީލަން ރަޖިސްޓްރީ ކުރުން

21 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ

ބީލަން ބަލައިގަތުން

22 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

22 ސެޕްޓެމްބަރ 2024 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLScLGx6dUy1cNGCQSGL1JVLW9HtYx1k_CL1e9F5ghEnKA5guCg/viewform?usp=pp_url

     ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

13 ރަބީޢުލްއައްވަލް 1446

16 ސެޕްޓެމްބަރ 2024

16 ސެޕްޓެންބަރު 2024