ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2024/143
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 03 އޮކްޓޫބަރު 2024 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓެކްނިކަލް ސަޕޯރޓް އޮފިސަރ (ޓެކްނީޝަން)
ބޭނުންވާ އަދަދު :2

މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ ޓެކްނިކަލް ސަޕޯރޓް އޮފިސަރ

މުސާރަ: 

- އަސާސީ މުސާރަ:  -/7،000 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސް: -/2،450 ރުފިޔާ (އަސާސީ މުސާރައިގެ %35)

- އިތުރު ގަޑީގެ ގޮތުގައި މަހަކު: -/4،200 ރުފިޔާ (އަސާސީ މުސާރައިގެ %60)

- ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/1،050 ރުފިޔާ (އަސާސީ މުސާރައިގެ 15 އިންސައްތަ)

- ކެއުމާއި ބޭސްފަރުވާ ކުރުން

ޝަރުތު:

- އިންޕޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުން ނުވަތަ،

- އިންޕޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު އިންޕޮރމޭޝަން ޓެކްނޮލޮޖީ ދާއިރާގައި މަދުވެގެން 2 އަހަރުގެ ތަޖްރިބާ ހުރުން.

- ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން،

- މީލާދީ ގޮތުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ފުލުހުންގެ ޚިދުމަތުގައި ޤާއިމްކޮށްފައިވާ ތަންތަނަށް ބޭނުންވާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަންގެ ނިޒާމްތަކާއި، މިނިޒާމްތަކުގައި ބޭނުންކުރެވޭ ސިސްޓަމްތަކުގެ ހާޑްވެއަރ އަދި ސޮފްޓްވެއަރއަށް ދިމާވާ ޓެކްނިކަލް މައްސަލަތަކަށް އެޓެންޑްވެ ވަގުތުން ވަގުތަށް ހައްލުކުރުން.

- ފުލުހުންގެ ޙިދުމަތުގެގައި ޤާއިމްކޮށްފައިވާ ތަންތަނުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ޙިދުމަތް ދިނުމަށްޓަކައި ބޭނުންވާ ނެޓްވޯރކް ކޭބަލިންގެ ހުރިހާ މަސައްކަތްތަކެއް ކުރުން..

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  މާލެ 

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:  ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 އޮކްޓޯބަރ 03 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

13 ރަބީޢުލްއައްވަލް 1446

16 ސެޕްޓެންބަރު 2024