ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މަސައްކަތުގެ ތަފުސީލު
ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ ހިނގަމުން އަންނަ ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ތިރީގައިވާ މަރާމާތުތައް ކުރުން:
- ފްލޯރގެ އުސްމިނަކީ ’7.7 އެވެ.
- 5 ޕާޓިޝަން ’17.4 އާއި ’8.3 އާއި ’19.8 އާއި ’13.2 އާއި ’41.2 ގެ ނައްޓައި، ތަކެތި އުކާލައި، ސާފުކޮށް ރީތިކުރުން.
- 3 ގަނޑު ބިއްލޫރި ’6x4 ގެ ނައްޓައި، ތަކެތި އުކާލައި، ސާފުކޮށް ރީތިކުރުން.
- 3 ދޮރު ’7x2.8 ގެ ނެއްޓުމާއި އަލުން ބެހެއްޓުން.
- 5 ޕާޓިޝަން ’7.7 އާއި ’20.4 އާއި ’13.8 އާއި ’13.8 އާއި ’66.5 ގެ އެލްމިނިއަމްގައި ފްރޭމްކޮށްފައިވާ 06 (ހައެއް) މިލިމީޓަރގެ ބިއްލޫރިން ޖަހައި ނިންމުން.
- ބިއްލޫރިތަކުގައި ތިރިން ’2.5 ދޫކުރުމަށްފަހު އިތުރުވާ ’2.5 ގެ އުސްމިނަށް ފޮރެސްޓް ސްޓިކަރ ހަރުކުރުން.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv