ދިވެހިރާއްޖެ
އިޢުލާން
ސިޓީލާ ނީލަމުގައި ޕިކަޕެއް، ސައިކަލެއް ވިއްކާލުން
އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހުގައި ބޭނުންކުރަމުންދިޔަ ތިރީގައި ދަންނަވާ 2 ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން ޕިކަޕް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެމްބަރ 2024 އިން 26 ސެޕްޓެމްބަރ 2024ގެ 12:00 ގެ ނިޔަލަށެވެ. (ސިޓީތައް އީމެއިލްގެ ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ.) ޕިކަޕް ގަތުމަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 13:30 ގެ ފަހުން، ހުށަހެޅި އަގު އެނގޭ ގޮތަށް ހުޅުދޫ އަވަށު އޮފީހުގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވެހިކަލް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެކަށީގެންވާ އަގެއްގައި އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.
# |
ވެހިކަލްގެ މަޢްލޫމާތު |
ނީލަންފެށޭ އަގު |
އިތުރުކުރެވޭނެ އެންމެ ކުޑައަގު |
1 |
C1A1139 (1250kg ޕިކަޕް) |
-/30000ރ |
ފަހަރަކު -/500ރ |
2 |
1698A0B ޑްރީމް ސައިކަލް |
-/7000ރ |
ފަހަރަކު -/200ރ |
ވީމާ، މި ވެހިކަލްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 17, 18 މި 2 ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް ހުޅުދޫ އަވަށުއޮފީހަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯން: 6894728 / 6894655
13 ރަބީޢުލް އައްވަލަ 1446
16 ސެޕެޓެމްބަރ 2024