ނީލަން
ނަންބަރު: E9C-A/2024/16
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 26 ސެޕްޓެންބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

 

          އިޢުލާން

މި ކޯޓުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

            މި ކޯޓުގެ ނަންބަރު E9C-A/2024/15 އިޢުލާނުގައިވާ ގޮތުގެމަތިން، 2024 ސެޕްޓެމްބަރު 12 ވަނަ ދުވަހު ބޭއްވި ނީލަމުގައި ނުވިކުނު ތަކެތި އަލުން ނީލަން ކިޔުން މިކޯޓުގެ ގޯތިތެރޭގައި  2024 ސެޕްޓެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި އޮންނާނެއެވެ. މިދުވަހުގެ ނީލަމުގައި ނީލަން ކިޔުމަށް ކަނޑައެޅިފައިވާ އަގުތަކުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.  

            ވީމާ، މިނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 2024 ސެޕްޓެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

            ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ އެ ނީލަން ކާމިޔާބުކުރި އަގު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https://bp.finance.gov.mv އިން ދައްކައި ޚަލާސް ކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، މި އުސޫލުގައިވާ ގޮތުގެ މަތިން، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. 

            ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ނީލަން ކިޔުމަށްޓަކައި ކަނޑައެޅިފައިވާ ތަކެތީގެ ލިސްޓު މިއިޢުލާނާއެކު އާއްމުކުރީމެވެ.

16 ސެޕްޓެންބަރު 2024