ދިވެހިރާއްޖެ
ރަށުގައި އުފެދޭކުނި މެނޭޖުކުރުމުގެ މަސައްކަތުގެ ތެރެއިން ރަށުގައި އުފެދޭކުނި ކައުންސިލްގެ ފަރާތުން ނެގުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ބޭނުންވެއެވެ. އެގޮތުން ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް 6 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މުލަކައަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ފޯމު ދޫކުރުމާ ބަލައިގަތުން ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
ފޯމު ބައިގަންނަން ފަށާ ތާރީޚު |
16 ސެޕްޓެމްބަރ 2024 |
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި |
ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 12:00 |
ފޯމު ދޫކުރުމާއި ބައިގަތުމަށް ހަމަޖެހިފައިވާ ތަން |
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ |
ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚާއި ގަޑި |
6 އޮކްޓޯބަރ 2024 12:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6720606 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.