ނީލަން
ނަންބަރު: (IUL)179-3.2/1/2015/17
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 17:41
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް

މި އޮތޯރިޓީގައި ބޭނުންކޮށްފައި ހުރި މުދާތަކެއް ނީލަންކިޔަން ބޭނުންވެއެވެ.

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ފަރނީޗަރ، ކޮމްޕިއުޓަރ އަދި އިކުއިޕްމަންޓް ފަދަ ތަކެތި) 13 ޖޫން 2015 ވާ ހޮނިހިރުދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން އޮންނަ ތަން:

  • ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
  • އެމް.ޓީ.ސީ.ސީ ޓަވަރ 4 ވަނަ ފަންގިފިލާ
  • ބޮޑުތަކުރުފާނުމަގު، މާލެ

މުދާ ބެލޭނެ އިންތިޒާމް: ނީލަމުގައި ދޫކުރާ މުދާ ބެލޭނެ އިންތިޒާމް 13 ޖޫން 2015 ވާ ހޮނިހިރުދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެއެވެ.

ނީލަމުގައި ބައިވެރިވުމާއި ނަން ނޯޓް ކުރުންް: ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 ޖޫން 2015 ވާ ހޮނިހިރުދުވަހުގެ ހެނދުނު 11:00އާއި 11:20 އާ ދެމެދު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި، ނީލަމުގައި ބައިވެރިވުމަށް ނަން ނޯޓު ކުރަންވާނެއެވެ.

ނީލަން އޮންނަ ގަޑި: ހެނދުނު 11:30

ފައިސާ ދެއްކުން: ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދެއްކިދާނެއެވެ. ނުވަތަ 13 ޖޫން 2015 ގެ 12:30 ގެ ކުރިން މިއޮތޯރިޓީއަށް ދައްކާ ޚަލާޞް ކުރަންވާނެއެވެ.

މުދާ ގެންދިއުން: ނީލަމުން ނަގާ މުދާ، 15 ޖޫން 2015 ވާ ހޯމަ ދުވަހުގެ 15:00 އާއި 17:00 އާދެމެދު މި އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާ ނުލައި ނެއްތައިލެވޭނެއެވެ.

އިތުރު މަޢުލޫމާތު:  ނީލަން ލިސްޓުގައި ނަން ނޯޓު ކޮށްފައިނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3014105/ 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

20 ޝަޢުބާން 1436

07 ޖޫން 2015