ކުއްޔަށް ދިނުން
ނަންބަރު: (IUL)382-ESMS/382/2024/47
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި:
26 ސެޕްޓެންބަރު 2024 14:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ވިޔަފާރިކުރުމަށް ކުރީގެ ބައު ޞިއްޙީމަރުކަޒު ޢިމާރާތް ގޯއްޗާއި އެކު ކުއްޔަށް ދިނުމަށް ކައުންސިލުން ނިއްމަވާފައިވާތީ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
ނަންނޯޓްކުރުން / ރަޖިސްޓްރޭޝަން
|
- މިބީލަމުގައި ބައިވެރިވުމަށް -/2000 ރުފިޔާ ( ދެހާސް ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 16 ސެޕްޓެންބަރު 2024 އިން 26 ސެޕްޓެންބަރު 2024 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފްކުރުން
|
- މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 29 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
- ބިޑު / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މިބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- މަޢުލޫމާތު ސާފްކުރުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- މި ބިޑާގުޅޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 16 ސެޕްޓެންބަރު 2024 ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިބިޑާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 26 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި، އައިޑީކާޑުނަންބަރު ، ގުޅޭނެ ފޯނުނަންބަރު ) އިނގޭނެގޮތަށް ސިޓީއެއް ގެންނަންވާނެއެވެ.
|
ބިޑު ( އަންދާސީ ހިސާބު ) ހުށަހެޅުން
|
- ބިޑު / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 06 އޮކްޓުބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑު / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބުރުނީ ކައުންސިލްގެ އިދާރާ
ރޯޝަނީމަގު / ތ. ބުރުނި
ފޯން: +9606780038
އީމެއިލް: [email protected]
|
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
09 ރަބީޢުލްޢައްވަލް 1446
12 ސެޕްޓެންބަރު 2024