ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2024/277
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 18 ސެޕްޓެންބަރު 2024 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސިނަމާލެ 1،2،3 އަދި މާލެ ހިޔާ 1،2 ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭ

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސިނަމާލެ 1،2،3 އަދި މާލެ ހިޔާ 1،2 ގެ ލިފްޓް އޭރިއާ އާއި ފްލެޓްތަކުގެ ކޮރިޑޯތަކާއި ފްލެޓްތަކުގެ ގޯތިތެރެއަކީ ފްލެޓްތަކުގެ ދިރިއުޅުއްވާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެއްދެވުމަށްޓަކައި ފްލެޓްތަކުގެ ގޯތިތެރެއާއި ކޮރިޑޯތަކާއި ލިފްޓް އޭރިއާ ސާފުތާހިރުކޮށް ބޭއްވުމަށް މި ކައުންސިލުން މަސައްކަތްކުރަމުންދާއިރު އެފަދަ ތަންތަން ހަޑިވަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ކޮރިޑޯތަކާއި ލިފްޓް އޭރިއާއި ގޯތިތެރެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި މިއަދު (12 ސެޕްޓެންބަރ 2024) އިން ފެށިގެން (18 ސެޕްޓެންބަރ 2024) ގެ ނިޔަލަށް މަތީގައި ދަންނަވާފައިވާ ފްލެޓްތަކުގެ ލިފްޓް އޭރިއާއި ކޮރިޑޯތަކާއި ގޯތިތެރޭގައި މި ކައުންސިލްގެ ހުއްދަނެތި އިންދާ ހައްދާފައިވާ ގަސްތަކާއި ބަހައްޓާފައިވާ ތަކެތި ނަންގަވާދެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަންގަވައި ބަހައްޓާފައިވާ ތަކެއްޗަކީ ވެރިއަކު ނެތް ތަކެއްޗާއި ގަސްތަކެއްކަމުގައި ބަލައި އެފަދަ ތަކެއްޗާއި ގަސްތަށްނަގާ ކުނީގެ ގޮތުގައި އުކާލެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިގޮތަށް ނަގާ އުކާލެވޭ ތަކެއްޗަށް ލިބޭ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

09   ރަބީޢުލްއައްވަލް    1446

                                       12   ސެޕްޓެންބަރ     2024   

12 ސެޕްޓެންބަރު 2024