ތަމްރީނު
ނަންބަރު: (IUL)376/376/2024/37
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 19 ސެޕްޓެންބަރު 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން

މިކައުންސިލާއި ކީރިތިޤުރުޢާނާއި ބެހޭ ޤައުމީ މަރުކަޒު ގުޅިގެން ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މިރަށުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ބަނޑިދޫގެ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވީ ޕްރޮގްރާމެކެވެ. ނަމަވެސް، ގްރޭޑް 9 ން މަތީ ގެ ދަރިވަރުންނާއި، ޢުމުރުން 18 އަހަރު ނުފުރޭ ފަރާތްތަކަށް މި ޕްރޮގްރާމްގައި ބެއިވެރިވެވޭނީ، އެފަރާތަކުން މިޕްރޮގްރާމްގައި ބައިވެރިވުމަށް ބެލެނިވެރިޔާގެ އިޢުތިރާޒެއްނެތްކަމުގެ  ސިޓީ މިކައުންސިލަށް ހުށަހެޅުމުންނެވެ.

މިތަމްރީން ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ޖަމާޢަތްތެރިކަމުގެ ހުއްދައިގެ ލިޔުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2024 ވަނަ ދުވަހު 13:00 ގެ ކުރިން މިކައުންސިލްގައި ނަންނޯޓްކުރެއްވުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 9178885 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

12 ސެޕްޓެންބަރު 2024