ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2024/50
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި:
19 ސެޕްޓެންބަރު 2024 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ
މިރަށުގައި ޓޫރިސްޓުން މޫދަށް އެރުމަށް ޙާއްސަކޮށްފައިވާ ސަރަޙައްދު (ޑޯލްފިން ބީޗް) ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ މިކައުންސިލުން ފަށާފައެވެ. އެސަރަޙައްދުގައި ހުރި ރުއްތަކުގެ ތެރެއިން ކަނޑާލަންޖެހޭ ބައެއް ރުއްތަކުގައި 01 ން ފެށިގެން 05 އާއި ހަމައަށް ތަރުތީބު ނަންބަރު މިއިދާރާއިން ވާނީ ޖަހާފައިވާނެއެވެ. އެހެންކަމުން އެސަރަޙައްދުގައިވާ ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން، 2024 ސެޕްޓެމްބަރ 19 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މި ކައުންސިލުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިޔުމުން މިކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަބީޢުލްއައްވަލް 1446
12 ސެޕްޓެންބަރު 2024