ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2024/190
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:05
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅަށް ކުނިއެޅުމާއި ގުޅޭ

 

 އިޢުލާން

          

 މިހާރަކަށް އައިސް ބަނދަރު އަދި ފަޅުތެރެއަށް ތަފާތު ކުނީގެ ބާވަތްތަކާއި ކަރު ގޮހަރާއި ހުއިފިލަނޑާގެ ދިޔަ އަޅާމުން އަންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ފަޅުގެ ދިރުންތަކަށް ގެއްލުންލިބި، ޢާއްމުންގެ ގިނަ ޝަކުވާތައްވެސް އަންނަނީ މިއިދާރާއަށް ލިބެމުންނެވެ. އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް ދަންނަވަމެވެ. އަދި މިފަދަ ކަންކަން ކުރާފަރާތްތަކާއި މެދު ތިމާވެށި ހިމާޔަތްކުރުމާއި ބެހޭ ގަވާއިދު ނަންބަރު 2014/R-221 ދަށުން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ.

          މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

        

 

          ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.               

          09 ރަބީޢުލްއައްވަލް  1446 

          12 ސެޕްޓެމްބަރ    2024       

12 ސެޕްޓެންބަރު 2024