މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/184
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 22 ޖޫން 2015 10:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
3 ކްލާސްރޫމާއި ލެބޯޓްރީ ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ހދ. ނެއްލައިދޫ ސްކޫލުގެ 3 ކްލާސްރޫމާއި ލެބޯޓްރީ ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް:

ހދ. ނެއްލައިދޫ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 3 ކްލާސްރޫމާއި ލެބޯޓްރީ (2 ބުރި ޢިމާރާތް) އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22  ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:30

29 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015