ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2024/243
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:37
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ 25 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

އިޢުލާން

ތާރީޚް: 12 ސެޕްޓެމްބަރ 2024

ނަންބަރ: (IUL)327-A/327/2024/243

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 11 ސެޕްޓެމްބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 25 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)     ނައިފަރު ކައުންސިލުން ހިންގާ އިވެންޓްތައް ލައިވް ސްޓްރީމް ކުރުމަށް ބޭނުންވާ އާލާތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/214 އިޢުލާނާއި ގުޅިގެން އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް ނައިފަރު ކައުންސިލުން ހިންގާ އިވެންޓްތައް ލައިވް ސްޓްރީމް ކުރުމަށް ބޭނުންވާ އާލާތްތައް ސަޕްލައިކޮށްދިނުމަށް ބަޑީސް ކޮމާޝަލްއަށް ބީލަން އެވަރޑް ކުރަން ފެންނަކަމަށް ނިންމުން.

2)     ޅ. ނައިފަރު މަލްޓިޕާރޕަސް ބިލްޑިންގ އެކޮމޮޑޭޝަންބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް 4 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/201 އިޢުލާނާއި ގުޅިގެން އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް ބީލަން ހުށަހަޅާފައިވާ ދެފަރާތުންގެ ތެރެއިން، އެއްފަރާތުން ހުށަހަޅާފައިވާ އަގު ބަޖެޓަށް ނުފެތޭތީވެއާއި ދެވަނަފަރާތުގެ ބީ.އޯ.ކިއު ފުރިހަމަނުވާތީވެ ބީލަން ބާތިލްކޮށް އަލުން އިޢުލާންކުރަން ފެންނަކަމަށް ނިންމުން.

3)     ޅ.ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް 3 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/211 އިޢުލާނާއި ގުޅިގެން، ބީލަން ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ ބަޖެޓަށްވުރެން ބޮޑު އަގަކަށްވާތީވެ، ބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަންފެންނަކަމަށް ނިންމުން.

4)     މި ކައުންސިލުންދޭ ކުރެހުމާއި އެއްގޮތައް ނައިފަރު ޓެނިސްކޯޓުގައި ގުދަނަކާއި ފާހާނާ ޢިމާރާތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/216 އިޢުލާނާއި ގުޅިގެން އިވެލުއޭޝަން އިން އެންމެ މަތިން މާރކްސް ލިބިފައިވާ TAC CONSTRUCTION އިން ހުށަހަޅާފައިވާ އަގަކީ ބަޖެޓަށްފެތޭ އަގަކަށްވާތީވެ މި ފަރާތަށް ބީލަން އެވަރޑް ކުރަންފެންނަކަމަށް ނިންމުން.

5)     ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ (ފޭސް 2) ފުރާޅު އަދި ސީލިންގ މަރާމާތުކޮށް ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/222  އިޢުލާނާއި ގުޅިގެން އިވެލުއޭޝަން އިން އެންމެ މަތިން މާރކްސް ލިބިފައިވާ IBRAHIM CONSTRUCTION އިން ހުށަހަޅާފައިވާ އަގަކީ ބަޖެޓަށްފެތޭ އަގަކަށްވާތީވެ މި ފަރާތަށް ބީލަން އެވަރޑް ކުރަންފެންނަކަމަށް ނިންމުން.

6)     ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް 2 ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/226  އިޢުލާނާއި ގުޅިގެން އިވެލުއޭޝަން އިން އެންމެ މަތިން މާރކްސް ލިބިފައިވާ MALDIVES   ASSURE  SUPPLYއިން ހުށަހަޅާފައިވާ އަގަކީ ބަޖެޓަށްފެތޭ އަގަކަށްވާތީވެ މި ފަރާތަށް ބީލަން އެވަރޑް ކުރަންފެންނަކަމަށް ނިންމުން.

7)     ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/224  އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބަޖެޓަށްފެތޭ ތިން ބީލަން، ފުރިހަމަނުވާތީވެއާއި، މީގެ އިތުރުން ހުށަހަޅާފައިވާ ތިން ބީލަމުގެ އަގަކީ ބަޖެޓަށް ވުރެން ބޮޑުއަގަކަށްވާތީވެ މިބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.

 

 ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2024