ދިވެހިރާއްޖެ
ނަންބަރު: (IUL)491-CDS3/491/2024/108
އުމަރު ޒާހިރު އިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓްދޭނެ ފަރާތެއްހޯދުމާއި ގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އުމަރު ޒާހިރު އިމާރާތައް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންނަމްބަރު (IUL)491-CDS3/491/2024/103 ގެ އިންފޯމޭޝަން ޝީޓްގެ ސެކްޝަން 1 ގައިވާ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވަން ބަޔާން ކުރެވިފައިވާ ދުވަހަށް ބަދަލު ގެނެވިފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު 16 ސެޕްޓެމްބަރ 2024ވާ ހޯމަ ދުވަހުގެ 09:00 އަށް އިތުރުކޮށް މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 16 ސެޕްޓެމްބަރ 2024ވާ ހޯމަ ދުވަހުގެ 09:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: [email protected]
09 ރަބީޢުލްއައްވަލް 1445ހ.
12 ސެޕްޓެމްބަރ 2024މ.