ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/96
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި:
18 ސެޕްޓެންބަރު 2024 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރު މަގުގެ އިރުމަތީ ކޮޅުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާބެހޭ
ބަނދަރު މަގުގެ އިރުމަތީ ކޮޅުގައި ފިޔާތޮށި ކުލައިގެ ދަވާދުން 01 ން 23 ށް ނަމްބަރު ޖަހާފައިވާ ރުއްގަސް ކަނޑަން ބޭނުންވާތީ މި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.
ވީމާ، ކަނޑާ ނަމްބަރ 01 ން 23 ށް ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ބަޔާންކޮށް މިއަދުން ފެށިގެން 18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. ރުކުގެ ވެރިފަރާތް ބަޔާންކޮށް ލިޔާ ސިޓީގައި ރުކުގައި މިކައުންސިލުން ޖަހާފައިވާ ނަމްބަރާއި އަދި ވެރިފަރާތުގެ ނަމާއި އެޑްރެސް ޖައްސަވައި އިޢުލާނުގެ މުއްދަތު ހަމަވުމުގެ ކުރިން މި ކައުންސިލަށް އެންގެވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
08 ރަބީޢުލްއައްވަލް 1446ހ.
11 ސެޕްޓެންބަރު 2024