ދިވެހިރާއްޖެ
ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގެ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)251-CA/251/2024/75 (4 ޖޫން 2024)ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް ފުރިހަމަނުވާތީ، ދެންނެވިފައިވާ އިޢުލާނު ބާޠިލް ކޮށްފީމެވެ.
އަދި ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގެ ޔުނީފޯމް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ބީލަން ރަޖިސްޓަރީކުރާ ފޯމު ހުށަހަޅުއްވައިގެން ބީލަން ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. ބީލަން ރަޖިސްޓަރީ ކުރެވޭނީ ބީލަން ރަޖިސްޓަރީކުރާ ފޯމް، މި ކައުންސިލްގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށް ފޯމް މެއިލްކޮށްގެންނެވެ.
ބީލަން ހުށަހަޅާ ބައްދަލުވުން އޮންނާނީ 2 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ މަސައްކަތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.