މަސައްކަތް
ނަންބަރު: (IUL)285/285/2024/63
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 19 ސެޕްޓެންބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކަފަކޮމަންޑޫ އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއް ގޮތުގައި ކަނޑައެޅުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ހެދުމާއި ގުޅޭ

އިޢުލާން

ނ. ކަފަކޮމަންޑޫ އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއް ގޮތުގައި ކަނޑައެޅުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ހެދުމާއި ގުޅޭ

 

         ނ.ހެނބަދޫ އިޙްތިސާސްތެރޭ ހިމެނިފައިވާ ނ.ކަފަކޮމަންޑޫ އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ދިގު މުއްދަތަކަށް މިރަށް ކުއްޔަށް ދިނުމަށްޓަކައި ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ  މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު އާއްމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 
 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

12 ސެޕްޓެންބަރ 2024 އިން 19 ސެޕްޓެންބަރ 2024 ގެ 13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

23 ސެޕްޓެންބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި

ބީލަން ހުށަހެޅުން

26 ސެޕްޓެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

 
 
 

 

 މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  09 ރަބީޢުލްއައްވަލް 1446

                  12 ސެޕްޓެންބަރ 2024

                                          

                                                           

                                                         

 

12 ސެޕްޓެންބަރު 2024