ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)453/1/2024/85
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 22 ސެޕްޓެންބަރު 2024 14:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
ޑިރެކްޓަރ އީއެކްސް. 1

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-285682

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، ހުޅުލެ

މުސާރަ:

8،835.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.0 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ކޮއްތު ފައިސާ -/60ރ (ވަޒީފާ އަށް ހާޒިރުވާ ކޮންމެ ދުވަހަކަށް)
  2. ޓެކްނިކަލް ކޯ އެލަވަންސް : (ޝަރުތުފުރިހަމަވާނަމަ) 2،473.80 ރުފިޔާ
  3. ޓެކްނިކަލް ކޯ އަލަވަންސް ލިބޭ ދާއިރާގެ ސެޓްފިކޭޓެއް ނޫންނަމަ ލިބިލައްވާނީ ސަޕޯޓިންގ ކޯ އެލަވަންސް ކަމަށްވާ    -/1100 ރުފިޔާ (މަހަކު) އެވެ.
  4. ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  6. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އެންމެހާ މާލީކަންކަން ބެލެހެއްޓުމަށް ނިޒާމްތައް ޤާއިމުކޮށް އެކަންކަން ވިލަރެސްކޮށް ހިންގުން

2. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބަޖެޓާއި ބެހޭ ހިސާބުތަކާއި މާލީ ހިސާބުތައް، ރިޕޯޓިންގ ޕްރޮސީޖަރއާއި އެއްގޮތަށް މެނޭޖްކޮށް ބެލެހެއްޓުން

3. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރެވޭ އެކިއެކި ޚަރަދުތަކާއި ލިބޭ އާމްދަނީ އާއި ގުޅޭ އެންމެހާ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް މެނޭޖްކޮށް ބެލެހެއްޓުން

4. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޑިވިޜަން/ސެކްޝަން/ޔުނިޓްތަކުން ކުރިއަށްއޮތް އަހަރަށް އަންދާޒާކުރާ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލުމާތު ހޯދުމާއި، މައުލޫމާތު ހިއްސާކުރުމާއި ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ އުސޫލުން ބަޖެޓް އެޕްރޫވްކޮށް ، ކުރެވޭ ޚަރަދުތައް ބެލެހެއްޓުން

5. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޑިވިޜަން/ސެކްޝަން/ޔުނިޓްތަކުން ކުރަންޖެހޭ ޚަރަދުތަކާއި ހިސާބުތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް މުވައްޒަފުން ލައްވާކުރުވުން

6. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބަޖެޓުން ކުރެވޭ އެންމެހާ ޚަރަދުތަކާއި ބަޖެޓާއި ގުޅޭ ރިޕޯޓްތަކާއި، މާލީ ހިސާބުތައް/ބަޔާންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚުތަކުގެ ކުރިން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން މުވައްޒަފުން ލައްވާ ކުރުވުމާއި ސުޕަރވައިޒްކުރުން

7. ދައުލަތުގެ މާލީ ހިސާބުތައް ބަލަހައްޓާ ސިސްޓަމް/ޕޯޓަލްތައް މެދުވެރިކޮށް މުސާރަ، ރިޕޯޓްތައް، މާލީ އަދި ފައިސާއާއި ގުޅުންހުރި ކަންކަން ހަމަޖެހިފައިވާ ގަވާއިދުތަކާއި އެއްގޮތަށް މުވައްޒަފުން ލައްވާ ކުރުވުމާއި ސުޕަރވައިޒްކުރުން

8. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބަޖެޓް މެނޭޖެކުރުމަށް ކޭޝްފްލޯ މެނޭޖްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުން މުވައްޒަފުންލައްވާ ކުރުވުމާއި ސުޕަރވައިޒްކުރުން

9. ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމާއި، މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަތުމާއި މުވައްޒަފުންނަށް މަސައްތަކާއި ގުޅިގެން ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން

10. މަޤާމުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން މަސައްކަތް ސުޕަވައިޒްކުރާ އިސްފަރާތެއް ނުވަތަ ކޮމާންޑުގެ އިސްވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

އަސާސީ ޝަރުތު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމަށް ކަނޑައެޅިފައިވާ ތައުލީމީ ރޮގޮތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް

ކޯ ޑިސިޕްލިން

އެކައުންޓިން

ފައިނޭންސް

މަޤާމުގެ މަސައްކަތު ދާއިރާ:

  • ފައިނޭންސް
  • އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2538
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.އަސާސީ ޝަރުތު ހަމަވުމުން %30

2. އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތައުލީމު %5

3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު %5

4. އަސާސީ ޝަރުތައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

5. އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް )

6. ޕްރެޒެންޓޭޝަން

7. އިންޓަރވިއު %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ސެޕްޓެންބަރ 2024 ގެ 14:00  ގެ ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން އޮންނާނީ،  01 އޮކްޓޯބަރ 2024 އާއި 07 އޮކްޓޯބަރ 2024 އާއި ދެމެދު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަރސް، ހުޅުލޭ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3013360,3013350 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

11 ސެޕްޓެންބަރު 2024