ބީލަން
ނަންބަރު: (IUL)425-A2/1/2024/276
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 24 ސެޕްޓެންބަރު 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރަމުންދާ ކެޓް ޝެލްޓަރގައި 24 ގަޑިއިރު ސެކިޔުރިޓީ ބަހަލައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ،

ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރަމުންދާ ކެޓް ޝެލްޓަރގައި 24 ގަޑިއިރު ސެކިޔުރިޓީ ބަހަލައްޓައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ސެޕްޓެމްބަރ 22 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

11 ސެޕްޓެންބަރު 2024