ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/64
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 11 ސެޕްޓެންބަރު 2024 00:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމާއި ގުޅޭ:

            ބާރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލާ ގޯތި ޙަވާލުކުރުން މާދަމާ 12 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ގޯތި ލިބޭ ފަރާތްތަކުން ގޯއްޗާއި ހަވާލުވުމަށް ގުރުއަތުގައި ބައިވެރިވެ ދެއްވުމަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ދެއްވުމަށް ދަޢުވަތު އަރުވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި އަންނަ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ. އަދި ގުރުއަތުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކުން ހާޒިރު ނުވެއްޖެނަމަ ކައުންސިލުން ގުރުއަތު ނަގާ ގޯތި ޙަވާލުކޮށް ނިންމާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިއަށްފަހު ގުރުއަތު ލުމަށް އިތުރު ފުރުޞަތެއް ނުދެވޭނެ ވާޙަކަ ދަންނަވަމެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއި އިޢުލާން ކުރީމެވެ.

11 ސެޕްޓެންބަރު 2024