ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)237-HR/237/2024/36
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 19 ސެޕްޓެންބަރު 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅުކައުންސިލްގެ އިދާރާއަށް ފައިނޭންސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

އިޢުލާނު

މަޤާމު:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-404437

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ސެކްޝަނާއި ތަން:

ކޯޕަރޭޓް އެފެއަރޒް / ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

މަހަކު 6,295/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  4. ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28%، ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަ ނުވާ ފަރާތެއްނަމަ، ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900/- ރުފިޔާ ލިބޭނެއެވެ.
  5. ހަމަޖެހިފައިވާ އުޞޫލުން ރިސްކު އެލަވަންސް.
  6. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% ލިބޭނެއެވެ.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުސާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކޮންމެ މަހެއްގެ މުސާރައާއިގުޅޭ ލިއުންތައް ލިބުމުން ލިއުންތައް ހަމައަށްހުރިތޯ ބަލައި ހޯދަންޖެހޭ ލިއުންތައް ހޯދައި، ލިއުންތައް ޗެކްކޮށް، ރަގަނޅު ކުރަންޖެހޭ ކަންކަން ރަގަނޅުކޮށް، ތައްޔާރު ކުރަންޖެހޭ ހިސާބުތަކާއި ރިޕޯޓްތަކާއި ލިޔެކިއުންތައް ކޮންމެ މީލާދީ މަހެއްގެ ރަސްމީ އެންމެފަހު ދެ ދުވަހުގެ ކުރިން ތައްޔާރު ކުރުން
  4. ކޮންމެ މަހެއްގެ މުވައްޒަފުންގެ މުސާރަ އެމަހެއްގެ ރަސްމީ އެންމެފަހު ދެ ދުވަހުގެ ތެރޭގައި މުވައްޒަފުންގެ ބެންކް އެކައުންޓަށް ޖަމާކޮށް، މުސާރައިގެ ބަޔާން މުވައްޒަފުންނަށް ފޮނުވައި އަރުވަންޖެހޭ ހިސާބުތަކަށް އަރުވައި ގުޅުންހުރި ހިސާބުތަކާ ދިމާކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
  5. މުވައްޒަފުންގެ ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކޮށް، ޖަމާކުރި ފައިސާގެ ތަފްޞީލް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އަރުވަންޖެހޭ ހިސާބުތަކަށް އަރުވައި ގުޅުންހުރި ހިސާބުތަކާ ދިމާކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
  6. ބަޖެޓުން ރިލީޒްކުރަންޖެހޭ ފައިސާ ރިލީޒްކޮށް، ރިލީޒްކުރި ފައިސާ އަރުވަންޖެހޭ ހިސާބުތަކަށް އަރުވައި ގުޅުންހުރި ހިސާބުތަކާ ދިމާކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
  7. އެކިފަރާތްތަކާއި ޙަވާލު ކުރަންޖެހޭ ފައިސާ ޙަވާލު ކުރުމަށް ލިބޭ މައްސަލަތަކުގެ ލިއުންތައް ލިބުމުން ލިއުންތައް ހަމައަށްހުރިތޯ ބަލައި، ހޯދަންޖެހޭ ލިއުންތައް ހޯދައި، ލިއުންތައް ޗެކްކޮށް، ރަގަނޅު ކުރަންޖެހޭ ކަންކަން ރަގަނޅުކޮށް، ޗެކްލިސްޓް ތައްޔާރު ކުރަންޖެހޭ މައްސަލަތަކަށް ޗެކް ލިސްޓް ތައްޔާރު ކުރުން
  8. އެކިފަރާތްތަކާއި ޙަވާލު ކުރަންޖެހޭ ފައިސާ އެފައިސާއެއް ޙަވާލު ކުރަންޖެހޭ ފަރާތްތަކުގެ އެކައުންޓަށް ޓުރާންސްފަރ ކުރުމާއި، ޓުރާންސްފަރކުރާ ފައިސާގެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެފައިސާއެއް އަރުވަންޖެހޭ ހިސާބުތަކަށާއި، ރަޖިސްޓްރީތަކަށް އަރުވައި ގުޅުންހުރި ހިސާބުތަކާ ދިމާކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
  9. ބަޖެޓުން ޚަރަދުކުރާ ފައިސާގެ ޕޭމަންޓް ވައުޗަރުތަކާއި އެހެނިހެން ލިއުންތައް ދުވަހުން ދުވަހަށް ވިޔަމޮޑިއުލަށް އަޕްލޯޑް ކުރުމާއި، އެމަހަކު ތައްޔާރުކުރާ ޕޭމަންޓް ވައުޗަރުތަކާއި ޕޭމަންޓު ވައުޗަރުތަކާ އެކުގައިވާ ލިއުންތައް މަސް ނިމުމުގެ ކުރިން ވިޔަމޮޑިއުލަށް އަޕްލޯޑު ކުރުން
  10. ކޮންމެ މަހަކު ބަޖެޓުން ޚަރަދުކުރި ފައިސާގެ ރިޕޯޓާއި، މަސައްކަތާ ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އެހެނިހެން ރިޕޯޓްތައް ތައްޔާރުކޮށް، ގުޅުންހުރި ހިސާބުތަކާއި ދިމާކޮށް، ރިޕޯޓްތަކާއި ރިޕޯޓްތަކާއެކު ފޮނުވަންޖެހޭ ލިއުންތައް ފޮނުވަންޖެހޭ މުއްދަތުގައި އިދާރާތަކަށް ފޮނުވުން
  11. ކޮންމެ މީލާދީ މަހެއް ނިމުމުން ނިމުނު މަހުގެ ހުރިހާ ހިސާބުތަކެއް ފުރިހަމަކޮށް، ގުޅުންހުރި ހިސާބުތަކާ ދިމާކޮށް، ނިމުނު މަހުގެ ހިސާބުތައް PDF ކޮށް، ޖެހިގެން އަންނަ މަހަށް ގެންދަންޖެހޭ ހިސާބުތައް ގެންގޮސް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
  12. މަސައްކަތާ ގުޅޭގޮތުން ސްކޭންކުރަންޖެހޭ ލިއުންތައް ދުވަހުން ދުވަހަށް ސްކޭންކޮށް ސްކޭން ފޯލްޑަރަށްލުމާއި، ފައިލްކުރަންޖެހޭ ލިއުންތައް ދުވަހުން ދުވަހަށް ފައިލް ކުރުން
  13. ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހިސާބުތައް ފުރިހަމަށް ކުރުމަށްފަހު އަހަރީ މާލީ ބަޔާނަށް އަރުވަންޖެހޭ ހިސާބުތައް އަރުވައި ގުޅުންހުރި ހިސާބުތަކާ ދިމާކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން
  14. ބަޖެޓް ބައިން ތައްޔާރު ކުރަންޖެހޭ ދުވަހު ޔައުމިއްޔާ ތައްޔާރުކޮށް އިދާރީ ބަޔަށް ފޮނުވުމާއި، މުވައްޒަފުން ރަސްމީ ގަޑީގައި ބޭރަށްދާ ފޮތާއި ނުރަސްމީ ގަޑީގެ ޙާޟިރީފޮތް ދުވަހުން ދުވަހަށް ފުރިހަމަ ކުރުން
  15. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ މިޑްޓާމް ބަޖެޓާއި، ފާސްކުރާ ބަޖެޓް ތައްޔާރު ކުރަންޖެހޭ ގޮތުގެމަތިން ތައްޔާރުކޮށް، ފާސްކުރާ ބަޖެޓް ވިޔަމޮޑިއުލަށް އަޅަންޖެހޭ މުއްދަތުގައި ވިޔަމޮޑިއުލަށް އަޅައި، ބަޖެޓްތައް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވައި ޢާންމުކުރަންޖެހޭ ނޫސްބަޔާން ޢާންމުކުރުން
  16. މިއިދާރާގެ ފާއިތުވި އަހަރުގެ އަހަރީ މާލީ ބަޔާން ނިންމައި، ގުޅުންހުރި ހިސާބުތަކާއި ދިމާކޮށް، މާލީ އަހަރީ ރިޕޯޓް ތައްޔާރުކޮށް، މާލީ ބަޔާނާއި މާލީ އަހަރީ ރިޕޯޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން
  17. ރަށުކައުންސިލްތަކުން ލަފާކުރާ މިޑްޓާމް ބަޖެޓާއި، ފާސްކުރާ ބަޖެޓާއި، އަހަރީ މާލީ ބަޔާނާއި، މާލީ އަހަރީ ރިޕޯޓް ރަށުކައުންސިލް އިދާރާތަކުން ހޯދައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން
  18. މިއިދާރާގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީފީއަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކައި ސްޓިކާ ޙަވާލު ކުރަންޖެހޭ ފަރާތްތަކާއި ހަވާލު ކުރުން
  19. ހަމަޖެހިފައިވާ އުޞޫލުން އޮފީސް ހުޅުވާ ލެއްޕުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލާރސް ޑިގްރީއެއް ނުވަތަ ބެޗެލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. ފައިނޭންސް
  2. އެކައުންޓިންގ
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  4. ބިޒްނަސް މެނޭޖްމަންޓް

ކޯ ޑިސިޕްލިންގ:

  1. ފައިނޭންސް
  2. އެކައުންޓިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. ފައިނޭންސް
  2. އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ސެޕްޓެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ ގެ 13:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 2024 ސެޕްޓެންބަރު 22 އާއި 26 އާ ދެމެދު، ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މިއިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740017 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

08 ރަބީޢުލްއައްވަލް 1446  

11 ސެޕްޓެންބަރު 2024   

11 ސެޕްޓެންބަރު 2024