މަސައްކަތް
ނަންބަރު: (IUL)365-ESD/365/2024/7
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 22 ސެޕްޓެންބަރު 2024 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިރުއުތުރުކޮޅުން މަގެއް ކަނޑައިދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

ރަށުގެ އިރުއުތުރުކޮޅުން މަގެއް ކަނޑައިދޭނެ ފަރާތެއް ހޯދުން

ރަށުގެ އިރުއުތުރުކޮޅުން 2 މަގު ކެނޑުމަށް ކުރެވުނު ނަންބަރު: (IUL)365-ESD/PRIV/2024/1  (01 ސެޕްޓެމްބަރ 2024) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ކައުންސިލަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް 1 (އެކެއް) މަގު ކަނޑައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ  [email protected]  އަށެވެ.

ކަނޑަންޖެހޭ މަގުގެއަންދާޒާ މިންތައް އެނގޭނޭ ޗާޓާއެކު މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

އިވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތުގެ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތަށް: %20 ޕޮއިންޓް (އެންމެ ކުރުމުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

11 ސެޕްޓެންބަރު 2024