ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)492-MAP/492/2024/163
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:46
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދިނުން

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ  26 ރަށަކަށެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމްގެ މައިގަނޑު އެއް މަޤްސަދަކީ ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކޮށްދިނުމެވެ.

މިޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. މިރަޖިސްޓްރީގެ ޒަރީއާއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ޤާއިމްކުރެވިގެން ދާނެއެވެ. އަދި  ޕްރޮޖެކްޓްގެ ތެރެއިން، މި ދެންނެވި ދަނޑުވެރި ވިޔަފާރިތަކުގެ ރަޖިސްޓްރީގެ އަލީގައި، ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދެވި، އަދި ވިޔަފާރީގެ މުޢާމާލާތު ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރެވިގެން ދާނެއެވެ. މީގެ ބޭނުމަކީ ރަނގަޅު އަގެއްގައި، ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ އުފެއްދުންތަކެއް ބަޒާރުގައި ލިބޭނެ މަގުފަހިކޮށްދިނުމެވެ. އެހެންކަމުން މި ރަޖިސްޓްރީގައި ހިމެނުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަމާއި، ގުޅޭނެ ނަމްބަރާއި އަދި އީމެއިލް އެޑްރެސް [email protected] ފޮނުއްވާދެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033400 ނަންބަރު ފޯނަށެވެ. އަދި އީމެއިލުންނަމަ map@ agriculture.gov.mv އަށެވެ.

 

08 ރަބީޢުލް ޢައްވަލް 1446

11 ސެޕްޓެމްބަރ 2024

11 ސެޕްޓެންބަރު 2024