ދިވެހިރާއްޖެ
ނަންބަރު:(IUL)219-CS/1/2024/28
ޢިއުލާން
މޯލްޑިވްސް މީޑިއާ ކައުންސިލުގެ "ނޫސްވެރިކަމުގެ އިނާމު 2023" ގެ އިވެންޓުގެ އެންމެހާ އިންތިޒާމުތައް (ހޯލު ތައްޔާރުކޮށް، ސައުންޑް އަދި ލައިޓިންގ) ރާވާ ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ އީމެއިލްގައި ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
ވީމާ، މި އިއުލާނާ ގުޅޭ އަންދާސީ ހިސާބުގެ މައުލޫމާތު އެރުވުމަށް 17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް މޯލްޑީވްސް މީޑިއާ ކައުންސިލްއަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މި ކައުންސިލުން ދެވޭ މައުލޫމާތާ އެއްގޮތަށް 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.
08 ރަބީއުލްއައްވަލް 1445
11 ސެޕްޓެމްބަރ 2024