ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)297/297/2024/83
                    ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
                    ޕަބްލިޝްކުރި ގަޑި:  12:19
                    
                މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުނި ނައްތާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ފީ ދެއްކުމާ ގުޅޭ
                                ނ. ވެލިދޫ ކައުންސިލުން 2018 ވަނަ އަހަރު ތަޢާރަފްކުރެވި މެދުކެނޑުމެއް ނެތި ދެވެމުންދާ ކުނި ނައްތާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީވެފައިވާ ގިނަ ޢަދަދެއްގެ ތަންތަނުން ވެއަތުވެ ދިޔަ އަހަރުތަކުގައި ޤަވާޢިދުން ފީ ދައްކަވާފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ. ވުމާއެކު، 01 އޮކްޓޯބަރު 2024 ން ފެށިގެން މަހުން މަހަށް ޤަވާޢިދުން ފީ ދައްކަމުން ނުދާ ތަންތަނުން ކުނި ނެގުން މެދުކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، ކުނި ނައްތާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީވެ ޤަވާޢިދުން ފީ ދައްކަވާފައި ނުވާ ފަރާތްތަކުން 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ޚިދުމަތުގެ ފީއަށްވާ ފައިސާ ދެއްކެވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
                11 ސެޕްޓެންބަރު 2024