ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2024/81
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި:
11 އޮކްޓޫބަރު 2024 00:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރު ފުންކުރުމަށްޓަކާއި ބަނދަރުން ވެލި ނެގުމާއި ގުޅޭ
ބަނދަރު ފުންކުރުމަށްޓަކާއި ބަނދަރުން ވެލި ނެގުމާއި ގުޅޭ
ހއ.ކެލާ ބަނދަރުގެ އިރު އުތުރު ފަރާތަށް ވެލިއަރާ ތިލަވެފައިވާތީ އެސަރަހައްދު ފުންކުރުމުގެ ގޮތުން އާންމުންގެ ބޭނުންތަކަށް އެއްމަސް ދުވަހުގެ މުއްދަތަށް ވެލި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވެލި ބޭނުންވާ ފަރާތްތަކުން 12 ސެޕްޓެންބަރު 2024 އިން 11 އޮކްޓޫބަރު 2024ގެ ނިޔަލަށް މި ސަރަހައްދުން ވެލި ނެގުމަށް ދަންނަވަމެވެ. ވެލި ނަގަންވާނީ ހިކިދިޔައިގައި ބަނދަރުގެ އެތެރޭގެ އިރު އުތުރުފަރާތުން، ހިލަތޮށްޓަށް ގެއްލުން ނުވާނެހެން، ހިލަތޮށިން ފެށިގެން 4 ފޫޓު ދުރުންނެވެ. އަދި ވެލި އަޅާ ބަސްތާތައް ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ ގިނަވެގެން 4 ގަޑިއިރު ކަމުގައި ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
10 ސެޕްޓެންބަރު 2024