ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/PTL/T2-2024/44
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 17 ސެޕްޓެންބަރު 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ (ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް)

މަޤާމް :މަޤާމް :ޕާރޓް ޓައިމް ލެކްޗަރަރ، އެސޯސިއޭޓް ލެކްޗަރަރ، ސީނިއަރ ޓިއުޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު (ޕާރޓް ޓައިމް ލެކްޗަރަރ، އެސޯސިއޭޓް ލެކްޗަރަރ،ސީނިއަރ ޓިއުޓަރ)

ނަންބަރު: MNU-HR/PTL/T2-2024/44

ތާރީޙް: 11 ސެޕްޓެމްބަރ 2024

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް

ދާއިރާ:

 

Course Name: C4 in Foundation (Humanities)

Subject: English Language and Study Skills II

Subject Code: ENG065

Section: A01

Contact Hours:60 hours

Campus: KC 

 

 

 

 

 

 

ޝަރުތުތައް:

 1. ޕާރޓް ޓައިމް ލެކްޗަރަރ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 2. ޕާރޓް ޓައިމް އެސޯސިއޭޓް ލެކްޗަރަރ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

 3. ޕާރޓް ޓައިމް ސީނިއަރ ޓިއުޓަރ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ޢުޖޫރަ:

  • ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
  • ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ
  • ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ
  • ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކިޔަވާދިނުމާ ގުޅޭ މަސައްކަތް.
  • ޓައިމްޓޭބަލް ކުރެވިފައިވާ މިންވަރަށް ގަޑިތައް ނަގައިދިނުން.
  • ކްލާހުގެ ހާޒިރީ ބަރާބަރަށް ( ކޮންމެ ގަޑިއަކަށް) މާރކްކޮށް ލިޔުމާއެކު އެދުވަހެއްގެ ތާރިހު ޖަހާ ފުރިހަމަކުރުން.
  • މުޤައްރަރުގައި ކަނޑައަޅާފައިވާ ބައިތަށް ކޯސް ކޯޑިނޭޓަރުގެ މަޝްވަރާގެ މަތިން ކިޔަވައިދިނުން.

  2. ބްލެންޑެޑް މޯޑަށް ކުރިއަށް ގެންދާ ކޯސްތަކުގައި އޮންލައިން ސަޕޯރޓް ދިނުން.

  • ކޮންމެ ހަފްތާއަކު ދަރިވަރުން އޮންލައިންކޮށް ކުރާ މަސައްކަތްތައް، އޮންލައިން ޓިއުޓޯރިއަލްތަކަށް ލަސްވެގެން 1 ހަފްތާ (7 ދުވަސް) ތެރޭގައި ފީޑްބެކް ދިނުން.
  • ދަރިވަރުން މޫޑުލް ގައި ކުރާ މަސައްކަތްތައް ގަވާއިދުން މޮނީޓަރކުރުން.
  • ދަރިވަރުން މޫޑުލް އަށް އަޕްލޯރޑްކުރާ އެސައިންމަންޓަތައް މާކުކޮށް ފީޑްބެކް ދިނުން.

  3. އޮންލައިން ސިސްޓަމްތައް ބޭނުންކުރުން.

  • ދަރިވަރުންނަށް ފޭސްޓް ފޭސް އަދި ބްލެންޑެޑް ކުލާސްތަކުގައި ޤަވާއިދުން މޫޑުލް ބޭނުންކުރުން. އެގޮތުން ދަރިވަރުންނަށް ހަވާލުކުރެވޭ ޓިއުޓޯރިއަލް، ސަބްޖެކްޓް އައުޓްލައިން،އެސެސްމަންޓްގެ ތާވަލްތައް މޫޑުލް ޕޭޖުގައި ހިމަނާފައި ހުންނަވާނެއެވެ.
  • ހާޟިރީ ފައިލުގައި ދަރިވަރުންގެ ހާޟިރީ މާކުކުރުމުގެ އިތުރުން ސެލްފް ސަރވިސް ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ހާޟިރީ މާކުކުރުން.

  4. ފެންވަރު ވަޒަންކުރުން.

  • މުޤައްރަރުގައިވާ ގޮތުގެ މަތިން އިމްތިހާނު ކަރުދާސް ތައްޔާރުކުރުމާއި އިމްތިހާނު ކަރުދާސް އަދި އެސައިންމެންޓްތައް އެތަކެތި މާރކްކޮށް ކަނޑައެޅިފައިވާ ތާރީޚަށް ކޯސް ކޯޑިނޭޓަރަށް ހުށަހެޅުން. އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
  • ކިޔަވައިދެއްވާ ދަރިވަރުންގެ ތެރެއިން ރީސިޓް އަދި ރީ އެގްޒާމް ހަދަންޖެހޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް     މެދުވެރިކޮށް އޮންލައިންކޮށް.

 https://tinyurl.com/MNU-HR-PTL-T2-24-44

 

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާއާއި ހަޔަރ އެޑިއުކޭޝަންގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މާލެއިން އެހެން ރަށްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުލާސްތައް އޮންނާނީ ބުލެންޑެޑް މޯޑަށެވެ. އެއީ ފޭސްޓްފޭސް މޯޑުގެ އިތުރުން އޮންލައިން ކޮމްޕޯނަންޓެއް ހިމެނިގެންނެވެ. ކޮންމެ މާއްދާއަކަށް މަދުވެގެން 3 ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
  • މާލެއިން ނޫނީ އެހެން ރަށަކުން ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ދެކޮޅު ޓިކެޓު، ހުރުން އަދި ކެއުން ޔުނިވަރސިޓީއިން ހަމަޖައްސައިދޭނެއެވެ.
  • ކުލާސްތައް އޮންނާނީ 2024 އަހަރުގެ އޮގަސްޓު މަހުން ފެށިގެން ނޮވެންބަރު މަހަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345137 ނަންބަރު ފޯނަށެވެ.
11 ސެޕްޓެންބަރު 2024